އާދިއްތަ, November 8
ޑްރަގް ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަނެއް ބަންދުކުރަން އައްޑޫ ކޯޓަކުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި

އައްޑޫ ސިޓީމަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.

މިގޮތުން އައްޑޫ ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހިތަދޫ / ލާމިޔާގެއާގޭ ބަންދުކުރަން އަމުރުކޮށްފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން މި އަމުރު ނެރެފައިވަނީ 2026 ޖޫން 08 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ.

ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށެވެ.

އަދި އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު