މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މިފްކޯއިން މިއަދު ހާމަކުރި ގޮތުގައި އެ ކުންފުނިން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ގދ. ތިނަދޫ، ފަރެސްމާތޮޑާ އަދި ގއ. ދާންދޫ އާއި ޏ. ފުވައްމުލައް ބަނދަރުން ކަޅުބިލަމަސް ބޮޑުކަންނެލި ގަންނަ އަގު 20ރ. އަށް އަދި ބޮޑުކަންނެލި ގަންނަ އަގު 25ރ. އަށް ބޮޑުކޮށްފައެވެ.
މިދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސް ވަރަކަށް ވާތީ މިފްކޯއިން އަންނަނީ މަސް ގަންނަ އަގުތަކަށް ބަދަލުގެންނަން ފަށާފައެވެ. މިފްކޯއިން ބުނެފައިވަނީ ކުރިއަށް އޮތްތަނުގައިވެސް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.
މި ބަދަލުގެނެސްފައި ވަނީ މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރަކަށްވާތީ މަސްވެރި އާއިލާތަކަށް މާލީ ގޮތުން ލުއި ފަސޭހަގޮތެއް ހޯދައިދިނުމަށް ކަމަށް މިފްކޯއިން ބުންޏެވެ.
ސަރުކާރުން ވަނީ، މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަށް ނިންމާފައެވެ.




