އާދިއްތަ, November 8
މިފްކޯގެ ސީއީއޯ އަނަސް، ތިނަދޫގެ މަސްވެރިންނާ ބައްދަލުކުރައްވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް، ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އަނަސް ތިނަދޫ މަސްވެރިންނާ ބައްދަލުކުރެއްވީ މަޤާމާ ޙަވާލުވެވަޑައިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިފްކޯގެ ސެންޓަރުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ގދ. ތިނަދޫގައި ގާއިމުކޮށްފައިވާ މިފްކޯގެ ވަސީލަތްތަކުގެ ޙާލަތު ބައްލަވައިލެއްވުމަށް އެ ސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ.

މިގޮތުން މިފްކޯއިން ހާމަކުރި ގޮތުގައި ތިނަދޫ މަސްވެރިންގެ ޖެޓީ ސަރަޙައްދުގައާއި މަސްވެރިންގެ މައިޒާނުގައި މަސްވެރިންނާ ބައްދަލުކުރައްވައި އަނަސް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.

އަދި މަސްވެރިންނަށް މިފްކޯއިން ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަސްވެރިންނާ މަޝްވަރާކުރެއްވިއެވެ. މިގޮތުން ވަކިވަކި މަސްވެރިން ފާހަގަކުރި ކަންބޮޑުވުންތަކުގެ އަޑުއައްސަވައި، އެ ކަންކަމަށް މަސްވެރިން އެދޭ ހައްލުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އަނަސް ވަނީ ދެއްވައިފައެވެ.

މި ދަތުރުފުޅުގައި އަނަސް ވަނީ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ބައްލަވައިލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު