އާދިއްތަ, November 8
ލޯންޗެއް އެކްސިޑެންޓުވެ ދެ މީހަކަށް އަނިޔާވެއްޖެ

ލޯންޗެއް އެކްސިޑެންޓުވެ، އޭގައި ތިބި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އެކްސިޑެންޓުވެފައިވަނީ ދެ މީހުންނާއެކު ދަތުރުކުރި "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗެކެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކަށާއި، 30 އަހަރުގެ ބިދޭސީއަކަށެވެ. މި ދެ މީހުންނަށް ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

މި އެކްސިޑެންޓުގެ ސަބަބުން ލޯންޗަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު