އާދިއްތަ, November 8
ހުޅުމާލޭގައި ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ، ނިރޮޅުމަގު ހަތްތަރި މާޓް ކައިރިން، ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެންވެފައިވާކަމަށް 2026 މޭ 28 ވަނަ ދުވަހުގެ 22:21 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެނެއް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހްގީގް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު