އާދިއްތަ, November 8
އެމްޓީޑީސީ އޮފީސް ކޮމްޕްލެކްސްގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އިމާރާތްކުރާ އޮފީސް ކޮމްޕްލެކްސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުން އެ ސައިޓަށް ޒިޔާރަތްކުރައްވައިފިއެވެ. އެމްޓީޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ޒިޔާރަތަކީ މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ފެންވަރާއި، މަސައްކަތް ގޮސްފައިވާ ހިސާބު ސީދާ ގާތުން ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށެވެ. މި ބައްދަލުވުމުގައި ބޯޑު މެންބަރުން ވަނީ އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ ތަފްސީލުތައް އޮޅުންފިލުއްވައި، މަޝްރޫޢުގެ މިހާރުގެ ހާލަތު ވަޒަންކުރައްވާފައެވެ. މި މަޝްރޫޢާ ގުޅޭގޮތުން އެ ކުންފުނިން ހާމަކުރި ގޮތުގައި، އިމާރާތުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ، އަންނަ ޖޫން މަހުގެ ނިޔަލަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ. އެމްޓީޑީސީގެ އައު އޮފީސް ކޮމްޕްލެކްސްއަކީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މަސައްކަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު