Saturday, October 31
މޯލްޑިވިއަންގެ ފްލައިޓް މެލްބަންއިން ސީދާ ރާއްޖެއަށް: ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް!

ޤައުމީ އެއަރލައިން މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ދަތުރުތަކުގެ، ތާރީޚީ ފުރަތަމަ ފްލައިޓް މެލްބަންއިން ރާއްޖެއަށް އައިސްފި އެވެ.

މި ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު އެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަންގެ ސީދާ ދަތުރުތައް އޮސްޓްރޭލިއާއަށް ފެށުން ފާހަގަކުރުމަށް މިއަދުވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި އެ ފްލައިޓުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާއިއެކު މަރުހަބާ ކިޔާފައިވެ އެވެ. މިއަދު އޮސްޓްރޭލިޔާއިން ރާއްޖެއައި ފުރަތަމަ ފްލައިޓްގައި 240 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށްވެސް މޯލްޑިވިއަން އިން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މޯލްޑިވިއަނުން ބުނީ، އޮސްޓްރޭލީއަށް ހަފްތާއެކު އެއް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ އާދިއްތަ ދުވަހު ކަމަށާއި، އޮސްޓްރޭލިއާއިން އެނބުރި ރާއްޖެ އަންނާނީ އަންގާރަ ދުވަހު ކަމަށްވެސް ބުންޏެވެ. މީގެ ކުރިން ޓްރާންސިޓްކޮށްގެން 20 ގަޑި އިރުން ކުރެވޭ ދަތުރު ދެން، 11 ގަޑި އިރުން ކުރެވޭނެ އެވެ. އަދި މިދަތުރަށް ކުރުމަށް ހަމަޖެހިފައިވަނީ ވޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓުގަ އެވެ.

މޯލްޑިވިއަންގެ ފްލައިޓް މެލްބައިން އިން ރާއްޖެއައިސް ޖެއްސުމުން ވޯޓަރ ސެލިއުޓް ދިނުން--ފޮޓޯ: މޯލްޑިވިއަން

އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެކެވެ. އެހެންކަމުން މޯލްޑިވިއަން އިން ބުނެފައިވަނީ، މިދަފަ ދަތުރުތަކެއް ހަމަޖެއްސުމަށް ނިންމި އެންމެ މައިގަނޑު ސަބަބަކީވެސް އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އަދަދު ގިނަ ވުންކަމަށެވެ.

މޯލްޑިވިއަނުން ބުނީ، އޮސްޓްރޭލިއާއަށް ފަށާ ސީދާ ދަތުރުތަކަށް ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ފްލައިޓްތައް މިހާރުވެސް 50 އިންސައްތަ ފުލްވެފައިވާ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެ އެވެ. އަދި ފުރަތަމަ ތިން ފްލައިޓް މިހާރު އެއްކޮށް ފުލްވެފައިވާކަމަށްވެސް މޯލްޑިވިއަން އިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު