Saturday, October 31
ރާއްޖެ އެތެރެކުރަން އުޅުނު 2,304,200 ސިނގިރޭޓު ސްޓިކްސް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2,304,200 ސިނގިރޭޓު ސްޓިކްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީމި ތަކެތި އަތުލައިގަނެފައިވަނީ، ރާއްޖެއަށް ކަނޑުމަގުން ގެނައި ޝިޕްމެންޓެއްގައި ފޮރުވައިގެން ސިނގިރޭޓް އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، 2026 މޭ 14 އަދި 15 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މިއީ، ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނުތަކެތިކަމަށް ބެލެވޭތީ މި މައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންދާ ކަމަށެވެ.

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި އަތުލައިގަތް ސިނގިރޭޓަށް ޑިއުޓީގެ ގޮތުގައި 18،700،080.73 ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭއިރު، ޖޫރިމަނާގެ ގޮތުގައި 2،050،000.00 ރުފިޔާ އަރާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު