Saturday, October 31
އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ޔޫސުފް ވަޙީދު ވަކިކޮށްފި
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ހއ.ވަށަފަރު، ބޮޑުގެ ޔޫސުފް ވަޙީދު ވަކިކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އޭނާ މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ. ޔޫސުފް ވަޙީދު އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭނާ އަކީ އެކައުންޓިން އަދި ފައިނޭންސް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އަދި ޕްރައިވެޓް އަދި ޕަބްލިކް ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު