އާދިއްތަ, November 8
އެމްޑަބްލިޔުއެސްސީގެ ބޯޑުން ޝަމްހޫޒާ ވަކިކޮށްފި
މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި ޝަމްހޫޒާ އަޙުމަދު، އެ މަޤާމުން ވަކިކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ޝަމްހޫޒާ އެމްޑަބްލިޔުއެސްސީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އޭނާ އެ މަޤާމުން ވަކިކުރި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ. ޝަމްހޫޒާއަކީ މި ސަރުކާރުގައި އެމްޑަބްލިޔުއެސްސީގެ ޗެއަރޕާސަންގެ މަޤާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މީގެ ކުރިން ވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ޝަމްހޫޒާ މަޤާމުން ވަކިކޮށްފައި މިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ކުންފުނިތަކުގެ މެނޭޖްމަންޓަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު