Monday, October 12
ވަޒީރު އިރުތިޝާމް، ނޯވޭގެ ކޮންސްޓިޓިއުޝަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ނޯވޭ ގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، އެސްޕެން ބާރތް އެއިޑް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެކަމަނާގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ނޯވޭ ގެ ސަރުކާރަށާއި ރައްޔިތުންނަށް، ނޯވޭ ގެ ކޮންސްޓިޓިއުޝަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

އަދި ކުރިއަށް އޮތްތާނގައިވެސް ރާއްޖެ އާއި ނޯވޭ އާ ދެމެދުގައިވާ ގާތްގުޅުން ދެ ޤައުމަށް ވެސް ފާއިދާ ކުރުވަނިވި ގޮތެއްގައި، އިތުރަށް ބަދަހި ވެގެންދާނެ ކަމުގައި ޔަޤީން ކުރައްވާ ކަމުގައިވެސް ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

"‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު