Saturday, October 31
އަމިއްލަ ގޯތީގައި ގެ އެޅުމަށް އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި

އަމިއްލަ ގޯތީގައި ގެ އެޅުމަށް އެހީތެރިވެދިނުމުގެ ގޮތުން، ހިޔާ ވަހި ފައިނޭންސް ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މި އެއް ބިލިއަން ރުފިޔާގެ ލޯންތަކަކީ ގާތްގަނޑަކަށް 850 މީހުންނަށް ދިނުމަށް އެޕްރޫވްކޮށްފައިވާ ލޯންތަކެއް ކަމަށެވެ.

"މިހާރުވެސް ޕްރޮޕޯސަލްތަކެއް ލިބިފައެބަހުރި. ސަރުކާރު ސަބްސިޑައިޒްކޮށްފައި އެފަރާތްތަކުން ރައްޔިތުންނަށް ވިއްކާ ގޮތަށް. ބޭންކް ފައިނޭންސް މެދުވެރިކޮށް ވިއްކާގޮތަށް އެޅުމަށްޓަކައި. މިހާތަނަށް އެމީހެއްގެ އަމިއްލަ ގޯތީގައި އިމާރާތްކުރުމަށްޓަކައި އެއްބިލިއަން ރުފިޔާގެ ލޯން އެޕްރޫވްކޮށްފަ ހުރީ،" ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މި މައްސަލައަށް ހައްލެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން އަންނަނީ އެކި މޮޑެލްތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ލޯނު ދިނުމަށާއި، އިމާރާތްތައް ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވީ ހިޔާވަހި ލޯންގެ ދެވަނަ ސްކީމައެއް ތައާރަފްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން ވަޒީރު ވިދާޅުވީ، ބޭރުގެ ފަރާތްތަކުން މި މަޝްރޫއުތަކަށް ލޯނު ނުލިބުމުން، އިތުރު އިނޮވޭޓިވް މޮޑެލްތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މޮޑެލްތަކަށް ކޮންޓްރެކްޓަރުންނާއި، ޕްރައިވެޓް ސެކްޓަރާ ގުޅުވައިގެން ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަން ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު