އާދިއްތަ, November 8
ބްލެކްމެއިލްކޮށް އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހުކުމްކޮށްފައި ވަނީ ގ. ސައުތުބްރީޒް / މާލެ، މަރްޔަމް ރިޔާސާ (43އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ (ގާނޫނު ނަންބަރު 17/2014) ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޖިންސީ ކުށުގެ ގާނޫނުގެ 44 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ ދަށުން މަރްޔަމް ރިޔާސާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައި ވަނީ 2026 މެއި 3 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މިއީ ދިވެހިރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި އެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި ފުލުހުން ކުރަމުންދާ މަސައްކަތަށް، ދައުލަތުގެ އެކި އިދާރާތަކުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރާ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު