Saturday, October 31
އޮޅުވެލިފުށީގައި ސަރުކާރުން ތަރައްގީކުރި ފުޓްސަލް ދަނޑު ހުޅުވައިފި

ޅ. އޮޅުވެލިފުށީގައި ސަރުކާރުން ތަރައްގީކުރި ފުޓްސަލް ދަނޑު ހުޅުވައިފި އެވެ.

މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދަނޑު ހުޅުވާދެއްވީ ސްޕެޝަލް އެޑްވައިޒާ ޓު ދަ މިނިސްޓާ އޮން ސްޕޯޓްސް ޑީސެންޓްރަލައިޒޭޝަން، މަޢުރޫފް އަޙްމަދެވެ. މިރަސްމިއްޔާތުގައި ކުރެންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާމިން ހަބީބު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޮޅުވެލިފުށީ ފުޓްސަލް ދަނޑުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ފާދިއްފޮޅަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ނެވެ. ރައީސް ވިދާޅުވީ ފުޓްސަލް ދަނޑަކީ ހަމަ ޔަގީނުންވެސް ފުޓްސަލް ކުޅުމަށް ބޮޑު މަގުބޫލުކަމެއް އޮންނަ އޮޅުވެލިފުށީގެ ޒުވާނުންނަށް ބޭނުންވާ މުހިންމު މަޝްރޫއެއް ކަމަށެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އެރަށުގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް ސެންޓަރުގެ ބިންގާ ވެސް އެޅި އެވެ. ކޮންމެ ރަށެއްގައިވެސް ފިޓްނެސް ސެންޓަރެއް ގާއިމުކޮށް އެރަށެއްގެ ރައްޔިތުންނަށް އެތަންތަނުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު އަށް ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު