އާދިއްތަ, November 8
ކުރީގެ މެންބަރު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ރާމިޒު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މިގޮތުން އެކްސް މެދުވެރިކޮށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރެއްވި، ގ.ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. މާ"ތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުޙައްމަދު ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން"، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ރާމިޒު އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ. އެމަނިކުފާނުގެ ޖަނާޒާ މިއަދު 11:00 އިން ފެށިގެން މާލޭ އިސްލާމީ މަރުކަޒުގައި ކުރިއަށްދާއިރު، ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަޞުރު ނަމާދަށް ފަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު