އާދިއްތަ, November 8
ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އޮސްޓްރޭލިއާއާއެކު މަޝްވަރާކޮށްފި

އޮސްޓްރޭލިއާގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕް، ރާއްޖޭގެ ދިފާޢީ ވަޒީރު ޙަސަން ރަޝީދާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ޚާއްޞަގޮތެއްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި، ދިފާޢީ ދާއިރާގެ އިންސާނީ ވަޞީލަތްތަކާއި ޤާބިލްކަން އިތުރުކުރުމުގެ އިތުރުން ސަރަޙައްދީ ހަމަޖެހުން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާ ކުރިއެރުވުމަށް އޮސްޓްރޭލިއާއިން ޒަމާނުއްސުރެ ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ދިފާޢީ ވަޒީރު ވަނީ އެ ޤައުމަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ.

އަދި ދެ ޤައުމުގެ ސަލާމަތީ މަޞްލަޙަތުތައް ހިމާޔަތްކުރުމަށާއި، ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ފަރާތުގެ ދެމެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު