Saturday, October 31
ކޮންމެ ދުވަހަކު 18:00 އިން ފެށިގެން ސަލްޓަން ޕާކު މަރާމާތަށް ބަންދުވާނެ

މާލޭގެ ސަލްޓަން ޕާކު މަރާމާތުކުރުމަށް ކުރިއަށްދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެއް ކުރުމަށްޓަކައި، ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އެ ސަރަޙައްދު އާންމުންނަށް ބަންދުކުރުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ނިންމަވައިފިއެވެ.

އެ މިނިސްޓްރީން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ތެރެއިން ނުނިމި ހުރި މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 މޭ 2026 އިން ފެށިގެންނެވެ. މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި ޕާކުގެ ސަރަޙައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެއެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވީ، މި ނިންމުމުގެ ސަބަބުން ޕާކަށް ޒިޔާރަތްކުރާ އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ.

ސަލްޓަން ޕާކަކީ މާލޭގައި ހުރި އެންމެ ތާރީޚީ އަދި ގިނަ ބަޔަކު ހިތްއުފާކޮށްލުމަށް ޒިޔާރަތްކުރާ އެއް މައިޒާނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މާލޭގެ މައިޒާންތަކާއި ބަގީޗާތައް ތަރައްޤީކޮށް ބެލެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު