އާދިއްތަ, November 8
އައިޔޫއެމް އާއި މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި މިޞްރުގެ ދުނިޔޭގެ މަޝްހޫރު އަލް-އަޒްހަރު ޔުނިވަރސިޓީއާ ދެމެދު ތާރީޚީ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ތާރީޚީ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. އަލް-އަޒްހަރު ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރައީސް ޕްރޮފެސަރ ޑރ. ސަލާމާ ޖުމުޢާ ދާޢޫދެވެ.

މި ފަހުމުނާމާގެ ދަށުން މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައިވަނީ ދެ ޔުނިވަރސިޓީގެ ދެމެދުގައި އެކަޑަމިކް ގުޅުން ބަދަހިކުރުމަށާއި، ތަރައްޤީގެ އެކި ދާއިރާތަކުން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މި ފަހުމުނާމާގެ ސަބަބުން ދެ މުއައްސަސާގެ ދެމެދުގައި އިލްމީ ދިރާސާތައް ކުރުމާއި، ތަޢުލީމީ ފެންވަރު މަތިކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

އަލް-އަޒްހަރު ޔުނިވަރސިޓީއަކީ ދުނިޔޭގެ އިސްލާމީ ތަޢުލީމުގެ އެންމެ ދުވަސްވީ އަދި އެންމެ އިތުބާރު ހުރި އެއް މުއައްސަސާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު