އާދިއްތަ, November 8
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓާސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން މާދަމާ ހުޅުވާލަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މާދަމާ ހުޅުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ޢާންމު ކޮށްފައިވާ ކަމަށެވެ. މިގޮތުން އީސީން ބުނީ ނީ މި ރަޖިސްޓަރީ ގެޒެޓާއި، އެ ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ކަމަށާއި، އައްޑޫސިޓީ ހިތަދޫގެ އަވަށު އޮފީހުގައިވެސް ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެންވެސް ވޯޓާސް ރަޖިސްޓްރީ ޗެކްކުރެވޭނެ ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2026 މޭ 3 ވާ އާދީއްތަ ދުވަހުން ފެށިގެން 2026 މޭ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގެ ނިޔަލަށް ކަމަށެވެ.

އަދި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށް ކަމަށާއި، ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށް އީސީން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު