އާދިއްތަ, November 8
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ހިފަހައްޓައިފި

"އަދަދު" ނޫހުން ތައްޔާރުކޮށް އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ފަށާފައިވާ ޖިނާއީ ތަހުގީގުގެ ތެރެއިން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ހިފަހައްޓައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ހަސަންގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ އޭނާ ރާއްޖެއިން ބޭރަށް ފުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެންނެވެ.

ހަސަން މުހައްމަދަކީ މި މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި އަދަދު ނޫހުގެ ދެވަނަ މުވައްޒަފެވެ. މީގެ ކުރިން، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ ޕާސްޕޯޓު ވެސް ވަނީ ތިން މަސް ދުވަހަށް ހިފަހައްޓާފައެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވަނީ "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެ މައްސަލައިގައި ދައުވާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މި ތަހުގީގުގެ ތެރެއިން، ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު