އާދިއްތަ, November 8
މޭޔަރ ޢާޒިމަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މާލޭގައި ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން މާލޭ ސިޓީގެ މޭޔަރ، އާދަމް ޢާޒިމަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 2026 އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ގ. އީރީ / މާލެ، ޢަބްދުﷲ މުޢާޒް(35އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު