އާދިއްތަ, November 8
ޚާރިޖީ ވަޒީރު ނެދަރލެންޑްސްގެ ރަސްގެފާނުގެ އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ނެދަރލެންޑްސްގެ ރަސްގެފާނުގެ އުފަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރު ޓޮމް ބެރެންޑްސަން އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ނެދަރލެންޑްސްގެ ރަސްގެފާނު ހިޒް މެޖެސްޓީ ކިންގް ވިލެއެމް-އެލެގްޒެންޑަރގެ އުފަންދުވަހުގެ މުނާސަބަތުގައި ވަޒީރު ޓޮމް ބެރެންޑްސަން އަށާއި ނެދަރލެންޑްސްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައިވެއެވެ.

އަދި، ދެޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ރަޙްމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެކަމަނާގެ މެސެޖުގައި އަރުވާފައިވެއެވެ.

"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު