Saturday, October 31
މޮރިޝަސްއަށް ފޯޅަވަހި ދިނުން މަޑުޖައްސާލުމުން ރާއްޖެއިން މަރުޙަބާ ކިޔައިފި

މޮރިޝަސްއަށް ފޯޅަވަހި ދިނުން މަޑުޖައްސާލަން އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

އެ ބިލުގެ ބަހުސް ފަށަން ތައްޔާރުވެފައިވަނިކޮށް އެ ބަހުސްތައް މަޑުޖައްސާލަން ނިންމީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ފާޅުގައި ދެކޮޅު ހައްދަވައި، ފާޑުވިދާޅުވުމާ ގުޅިގެންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެން އަންނަ ދައުރަށް ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ގުޅޭ ބިލު ހިމަނާފައެއް ނުވެއެވެ.

މި ނިންމުމަށް މަރުޙަބާ ކިޔައި ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ދިނުމާ ގުޅޭ މަޝްވަރާތަކަށް ފުރުސަތު ލިބިގެންދިޔަ ނިންމުމެއް ކަމަށެވެ. އަދި މި މައްސަލައިގައި ހަމަހަމަކޮށް އަމަލުކޮށް، ރާއްޖޭގެ ޙައްގުތައް ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ހަމަޖެހުން ޤާއިމުކުރުމަށް ގޮވާލައްވާކަމަށްވެސް ރާއްޖޭން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ބިލެއް އެޤައުމުގެ ސަރުކާރުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮފް ލޯޑްސްއަށް ފޮނުވާފައެވެ.

މި ބަޔާނުގައި ރާއްޖޭން ވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތްކަންވެސް ފާހަގަކުރައްވައި އެ ރަށްތައް ލިބުން ޙައްގީ ރާއްޖެއަށްކަން ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު