Saturday, October 31
ގދ. އަތޮޅު ސްކޫލްގެ ދަރިވަރަކު ބިދޭސީ މުދައްރިސަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައެއް ބަލަނީ

ގދ. އަތޮޅު ސްކޫލްގެ ދަރިވަރަކު ބިދޭސީ މުދައްރިސަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން އިއްޔެ ބުނީ ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް 2026 އޭޕްރީލް 12 ވަނަ ދުވަހުގެ 11:46 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އަނިޔާވި މުދައްރިސަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު