މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ނެގި ވޯޓާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާއެއް ބަލައި، އެ ވޯޓް އަލުން ގުނަން ފަށައިފިއެވެ.
މީދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހިމް އާއި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު ޝާހިދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ނަސީމެވެ. އޭގެ ތެރެއިން އީސީގެ ވެބްސައިޓުގައިވާ ނަތީޖާ އިން ދައްކާ ގޮތުގައި ސުހާއަށް ލިބުނީ 393 ވޯޓެވެ. އަދި ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓަށް ލިބުނީ 100 ވޯޓެވެ.
ޝަކުވާއާ ގުޅިގެން މީދޫގެ 1 ވޯޓު ފޮށި ކަނޑާ މިހާރު ވޯޓް ދަނީ ގުނަމުންނެވެ.
އޭގެ ތެެރެއިން ވޯޓެއް ބާތިލުކޮށްފައިވީ ނަމަވެސް ބާތިލުކުރީ ކޮން ކެންޑިޑޭޓެއްގެ ވޯޓެއް ކަމެއް އީސީން ވިދާޅެއް ނުވެ އެވެ.






