Saturday, October 31
ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި
ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޔޫތު ވޮލަންޓިއަރ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 18އަހަރާއި 35 އަހަރާ ދެމެދުގެ ޢުމުރުފުރާތަކުގެ ޒުވާނުންނަށެވެ. ޔޫތު ވޮލަންޓިއަރ ޕްރޮގްރާމުގެ ތެރެއިން، އިޖްތިމާޢީ އަދި ބައިނަލްއަޤްވާމީ ތަމްރީނުތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާތަކުގައި ވޮލަންޓިއަރ ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ހިންގޭ އެކި ޕްރޮގްރާމުތަކުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވީއެންމެ އަވަހަކަށް ޕްރޮގްރާމުގައި ބައިވެރިވުމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އެވުޒާރާގެ ވެބްސްއިޓުގައި ޝާއިއުކޮށްފައިވާ ގޫގަލް ފޯމު މެދުވެރިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު