ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން އަމީނިއްޔާ ސްކޫލުގައި "އައިވޮންޑާ"ގެ ނަމުގައި ސެންސަރީ ކުލާހެއް ތަރައްގީކޮށްފިއެވެ.
ބީއެމްްއެލްއިންް ބުނީ މީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެތަރައްގީކުރި ކްލާހެއްކަމަށެވެ. އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި 170 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރެއެވެ.
މި ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގައިކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު ފޯރުކޮށްދީފައިވަނީ ބެންކުންކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. އެގޮތުން ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ ވަސީލަތްތައް ފޯރުކޮށްދީފައިކަން ބޭންްކުން ފާހަގަކުރެއެވެ.






