ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ. މިއީ އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދެކެވެ. ދެން ކުރިއަށްދާނީ ހިއްކި ބިން ޙިމާޔަތްކުރުމަށް، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ތ.ވޭމަންޑޫއަކީ 1300އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. ބިން ހިއްކުމުގެ މަޝްރޫޢާއެކު، ބޯހިޔާވަހިކަމަށް ބިން ލިބުމުގައި އޮތް މައްސަލައަށް ޙައްލު ލިބި، އިޤްތިޞާދީ ގޮތުން އިތުރު ފުރުޞަތުތައް ރަށުގައި ފަހިވެގެންދާނެއެވެ.Th. Veymandoo reclamation completed. Commencement Date: 12th March 2026 Reclamation Completed: 04th April 2026 Total duration: 23 Days Total Hectares: 27Ha Total Volume: 882,693.00 cbm pic.twitter.com/AsR59Ru1J3
— Dr Mohamed Muizzu (@MMuizzu) April 7, 2026

ތ.ވޭމަންޑޫގެ ބިން ހިއްކުމުގެގެ މަސައްކަތް ނިންމާލައިފިއެވެ.
ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.
މިކަމުގެ ޢަމަލީ މަސައްކަތް ފެށީ މާރިޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް 23 ދުވަހުގެ ތެރޭގައި، ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. ބިން ހިއްކުމަށް ވެލި އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ މިމަހުގެ 4ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން ތ.ވޭމަންޑޫއިން 27 ހެކްޓަރުގެ ބިން ހިއްކުމަށް 882،693 ކިއުބިކް މީޓަރުގެ ވެލި ވަނީ އަޅާފައެވެ.
މި ލިޔުން ކިޔާލުމުން





