އާދިއްތަ, November 1
އެމްޕީއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ރިޝްވާން މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހ. ހަބަރުގެ، ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން ވަނީ އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފައެވެ. ޕީސީބީން ވަނީ އެ އިސްތިއުފާ ޤަބޫލުކޮށް، ރިޝްވާން އެ ދެ މަޤާމުން ވަކިކޮށްފައެވެ.

މިއަދު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު  ވަނީ މަޤާމުން ވަކިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު