އާދިއްތަ, November 1
ހަތަރެއް ޖެހުމާއި ހަމައަށް 62 އިން ސައްތަ މީހުން ވޯޓްލައިފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ %62.98 މީހުން ވޯޓު ލާފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އީސީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު 16:00 އާ ހަމައަށް ޖުމުލަ 294876.00 މީހުން ވަނީ ވޯޓު ލައިފައެވެ. މީގެ ތެރޭގައި ހިމެނެނީ 92567 އަންހެނުންނާއި 93142 ފިރިހެނުންނެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 62.98 އިންސައްތައެވެ.

މީގެ އިތުރުން އީސީން ހާމަކުރި ގޮތުގައި މިއަދު 16:00 އާ ހަމައަށް ވޯޓު ނުލާ މީހުންގެ ޖުމުލަ އަދަދަކީ109167 އެވެ.

މިއަދު ކުރިއަށްދާ އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވަނީ ޖުމުލަ 194،876 މީހުންނަށެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު