މިއަދުގެ ނިޔަލަށް އަހަރީ ފީ ނުދައްކާ ޕަބްލިކް ނޯޓަރީން ބާ ކައުންސިލްގެ ދަފްތަރުން އުނިކުރާނެ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ބާ ކައުންސިލުން މިއަދު ބުނީ ޕަބްލިކް ނޯޓަރީ، ލޯފާމް، އަދި ލީގަލް ޕްރެކްޓިސް އަށް ޚިދުމަތް ފޯރުކޮށްދެވޭނީ އެ ޚިދުމަތަށް ކަނޑައަޅާފައިވާ އަހަރީ ފީ ދެއްކުމަށް ފަހު ކަމަށް، ކަމާބެހޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަމަށާއި، އަހަރީ ފީ ދެއްކުމުގެ އެންމެ ފަހު ތާރީޚަޖީ 31 މާރިޗު 2026 ކަމަށެވެ.
މީގެ އިތުރުން ބާ ކައުންސިލުން ބުނީ 31 މާރިޗު 2026 ގެ ނިޔަލަށް އަހަރީ ފީ ދައްކާ ޚަލާސްކޮށްފައި ނުވާ ޕަބްލިކް ނޯޓަރީން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގެ 3-4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން 1 އެޕްރީލް 2026 ގައި ބާ ކައުންސިލްގެ ދަފްތަރުން އުނިކުރެވޭނެ ކަމަށެވެ.
އަދި، 31 މާރިޗު 2026 ގެ ނިޔަލަށް އަހަރީ ދައްކާ ޚަލާސްކޮށްފައި ނުވާ ލޯފާމް އަދި ލީގަލް ޕްރެކްޓިސްތައްވެސް 1 އެޕްރީލް 2026 ގައި ބާ ކައުންސިލްގެ ދަފްތަރުން އުނިކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބާ ކައުންސިލުން ބުނީ ދަފްތަރުން ނަން އުނިކުރެވިއްޖެނަމަ، އެ ދަފްތަރުގައި ނަން އަލުން ހިމެނޭނީ އަހަރީ ފީ ދައްކާ ޚަލާސްކުރުމުން ކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާ މއުްދަތުގެ ތެރޭގައި އަހަރީ ފީ ދެއްކުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ބާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.






