Monday, November 9
ކެނަބިސް ޓްރެފިކްކުރި މީހަކު 12 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފި

ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށާއި 100،000ރ. އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފިއެވެ.

2026 މާރިޗު 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ކުމްކޮށްފައި ވަނީ ދަފްތަރު. ނަންބަރު ދރ 2069 / މާލެ، ޙަމްދޫން އަޙްމަދު (31އ) ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލާގައި 2024 ފެބުރުވަރީ 7 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ޙަމްދޫން އަޙްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައި ވަނީ 2024 އޭޕްރީލް 17 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް އެ ޚިދުމަތުން ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު