Monday, November 9
އޮސްޓްރިއަން އެއާލައިންސުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 30 އަހަރު ފުރުން ފާހަގަކޮށްފި
އޮސްޓްރިއާގެ ޤައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 30 އަހަރު ފުރުން ފާހަގަކޮށްފިއެވެ. މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ރާއްޖެ އައި އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓަށް ވަނީ ވޯޓަރ ސެލިއުޓެއް އަރުވައިފައެވެ. އަދި އޮސްޓްރިއަން އެއާލައިންސުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވަނީ ދިވެހި ސަގާފީ ހަރަކާތްތަކަކާއެކު ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ. މިގޮތުން އެއާލައިނުން އައި ފަސިންޖަރުންނަށް ބޮޑުބެރުގެ ހަރަކާތަކުން މަރުޙަބާ ކިޔާފައިވާއިރު، ފަސިންޖަރުންނަށް ވަނީ ކަޕްކޭކާއި ފިނިފެންމާވެސް ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު