Monday, November 9
ކުރީގެ ޑީސީޕީ ޢަބްދުއްޝަކޫރާއި ކައުންސެލް ޖެނެރަލް ޙަސަން ޙަމީދުގެ ތަޢުޒިޔާގެ ދަފުތަރު ހުޅުވާލައިފި

ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲއާއި ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ކައުންސެލް ޖެނެރަލް އަލްއުސްތާޛު ޙަސަން ޙަމީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާލައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ދަފުތަރު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 2 ގެ ނިޔަލަށެވެ. އަދި އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުން ހުޅުވާލައިފައި އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން 12:00 އަށް ކަމަށާއި، ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުން ހުޅުވާލައިފައި އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު 1:00 އިން ހަވީރު 4:00 އަށް ކަމަށް އެ އިދާރާއިން ބުނެއެވެ.

ފުލުހުން ބުނީ ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ވަޑައިގަތުމުން ސޮއިކުރެއްވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު