Monday, November 9
އޭސީޕީ ޙުސައިން ރަޝީދުގެ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެއްވެސް އިރެއްގައި ބަލާފައި ނުވޭ: ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދާ ގުޅިގެން ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނީ ތެދު ވާހަކައެއް ނޫން ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕްގައި ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އޭސީޕީ ޙުސައިން ރަޝީދުގެ މައްސަލައެއް މީގެ 10 އަހަރު ކުރިން ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ގެނެސްދީފައިވަނީ ޞައްޙަ ނޫން މަޢުލޫމާތެއް ކަމަށެވެ.

މިގޮތުން ފުލުހުން ބުނީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލައި، ނުވަތަ އެއްވެސް މައްސަލައަކާ ގުޅިގެން ސުވާލުކޮށް އެއްވެސް އިރެއްގައި އޭނާއާމެދު އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅާފައި ނުވާކަން ރިކޯޑްތަކުން ސާފުވާ ކަމަށެވެ.

އަދި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަގާމަށް އައްޔަނުކޮށްފައިވަނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު