Saturday, October 31
ފެބްރުވަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 152 ކުދިން!

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 2026 ވަނަ އަހަރުގެ ފެބްރުވަރީ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 152 ކުދިންނެވެ. އެގޮތުން، ހިމެނެނީ 83 ފިރިހެން ކުދިންނާއި 69 އަންހެން ކުދިންނެވެ.

ހަމައެހެންމެ، ފެބްރުވަރީ މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 02 ކުއްޖަކު ފޮސްޓަރިން ޢާއިލާތަކާއި ހަވާލުކުރެވިފައިވެއެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ ފެބްރުވަރީ މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 08 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މިގޮތުން، ރިޕޯޓުކޮށްފައިވަނީ ފައިދާހުރި ކާނާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 05 މައްސަލައާއި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 03 މައްސަލައެވެ.

ފެބްރުވަރީ މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުނާއި ގުޅުންހުރި 04 މައްސަލައާއި ފިރިހެނުންނާއި ގުޅުންހުރި 04 މައްސަލައެވެ.

2026 ވަނަ އަހަރުގެ ފެބްރުވަރީ މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 1802 ކޯލު ވަނީ ލިބިފައެވެ.

އެގޮތުން، މި ވުޒާރާގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 1418 ކޯލު ވަނީ ލިބިފައެވެ. މީގެ ތެރެއިން، 64 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަކެވެ. އަދި، 1143 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 211 ކޯލު ވަނީ ލިބިފައެވެ.

ހަމައެހެންމެ، މި ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 384 ކޯލު ވަނީ ލިބިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު