Saturday, October 31
ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ ފެމިލީ ކޯޓަށް ޢައްޔަންކޮށްފައިވާ، އެ ކޯޓުގައި މަސައްކަތް ކުރަމުންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ.

މި މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 39،700ރ. އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 18،000ރ. އާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000ރ. ލިބޭނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތު އިންޝުއަރެންސް ވެސް ލިބޭނެއެވެ.

ޖޭއެސްސީން ވަނީ ފެމިލީ ކޯޓުގެ އިސް ޤާޟީ ކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން މާރިޗު 31 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް އެ ކޮމިޝަންގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު