Saturday, October 31
މުރައިދޫ އާއި ތަކަންދޫ އަށް 250 ކިލޯވޮޓްގެ އައު ދެ ޖެންސެޓް ގެންގޮސްފި

ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހއ. މުރައިދޫ އާއި ހއ. ތަކަންދޫ އަށް މުޅިން އައު ދެ ޖެނެރޭޓަރު ގެންގޮސްފިއެވެ. އެއީ 250 ކިލޯވޮޓުގެ ދެ ޖެންސެޓެވެ.

ފެނަކައިން ބުނީ މި ދެ ޖެންސެޓް، މި މަހުގެ 22 ވަނަ ދުވަހު އެ ރަށްރަށަށް ގެންދެވި މިހާރު ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން އިންސްޓޯލްކޮށް ނިންމައި، ޚިދުމަތަށް ގެނައުމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.

ހއ. މުރަދިދޫގައި މި ޖެންސެޓް އިންސްޓޯލް ކުރެވުމުން، އެރަށުގެ އިންސްޓޯލް ކެޕޭސިޓީ 620ކވ ން 750ކވ އަށް އަދި އެވެއިލަބަލް ކެޕޭސިޓީ 375ކވ ން 490 އަށް އިތުރުކުރެވޭނެއެވެ.

އަދި ހއ. ތަކަންދޫގައި އިންސްޓޯލް ކެޕޭސިޓީ 480ކވ ން 650ކވ އަށް އަދި އެވެއިލަބަލް ކެޕޭސިޓީ 310ކވ ން 450 އަށް އިތުރުކުރެވޭނެއެވެ.

މި ޖެންސެޓްތައް އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުން ކުރަން ފެށުމުން، މި ދެ ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު