Monday, November 2
މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލް މި ހިނގާ ދައުރުގެ ތެރޭ މަޖިލީހަށް ހުށަހަޅަނީ

މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލު، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭ ހުށަހަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މަރުގެ ޙުކުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްފައިވާ ފަރާތެއްގެ މައްޗަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިޚުތިޔާރެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ، ޤާނޫނީ އޮނިގަނޑު ތެރެއިން، ސްޓްރީމްލައިންކޮށް ކަށަވަރުކޮށްގެން ކުރަންޖެހޭ ކަމެއް ކަމުގައި ސަރުކާރުން ޤަބޫލުކުރައްވާ ކަމަށް އެމަނިފާނު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށް، ބިލު ތަޞްދީޤުކުރެވުމާއެކު، މަރުގެ ޙުކުމް ތަންފީޒުކުރުމަށް ޝަރުޢީ މަރުޙަލާތައް ފުރިހަމަވެފައިވާ ހުރިހައި ފަރާތްތަކެއްގެ މައްޗަށް، މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިއީ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖޭގައި އަދުލުއިންސާފާއި، އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު