އެމަނިކުފާނުގެ ޕޯސްޓްގައި ޢީދަކީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ ސަގާފަތާއި ދިވެހިވަންތަ އެތައް ރިވެތި އާދަކާދައަކާ ލާމެހިފައިވާ ޚާއްޞަ މުނާސަބާއެއް ކަމަށް ވިދާޅުވިއެވެ. '"މުސްލިމުންނަށް އަންނަ ދެ ޢީދަކީވެސް ދިވެހި އިސްލާމީ މުޖްތަމަޢާ ކޮންމެ އަހަރަކު ބައްދަލުވާ އެންމެ އުފާވެރި ފޯވައްސަށްވުމަކީ އަޅުގަނޑުގެ އުންމީދު. ކާބަފައި ޒަމާނުއްސުރެ ޢީދާއި ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ޢީދު އަބަދުވެސް ހަދަންވާނެ. ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އިޚްލާޞްތެރިކަމާއެކު އަރިސްކުރަން. ޢީދު މުބާރަކް"'ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޕޯސްޓްގައި ވިދާޅުވިއެވެ. އީދުދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ވަނީ ޢީދު ތަހުނިޔާ ފޮނުއްވާފައެވެ.ޢީދަކީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ ސަގާފަތާއި ދިވެހިވަންތަ އެތައް ރިވެތި އާދަކާދައަކާ ލާމެހިފައިވާ ޚާއްޞަ މުނާސަބާއެއް.
މުސްލިމުންނަށް އަންނަ ދެ ޢީދަކީވެސް ދިވެހި އިސްލާމީ މުޖްތަމަޢާ ކޮންމެ އަހަރަކު ބައްދަލުވާ އެންމެ އުފާވެރި ފޯވައްސަށްވުމަކީ އަޅުގަނޑުގެ… pic.twitter.com/LJ0kWO5Viv — Dr Mohamed Muizzu (@MMuizzu) March 19, 2026
މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މާދަމާއެވެ. އީދަށް ފަހު ދެން ސަރުކާރު އޮފީސްތައް ހުޅުވޭނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ.ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަން. pic.twitter.com/dgJbGJmoZD
— First Lady Sajidha Mohamed (@sajidhaamohamed) March 19, 2026






