Tuesday, November 10
އުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި

އުމުރުން ދުވަސްވީ މީހަކު އަތުން ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭ މިރިޔާސް މަގުން ހިނގާފައި ދިޔަ 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު މިހަކު ހިފަހައްޓާފައިވާ ކަމަށް މިއަދު 20:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު