އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު، ޢަބްދުالله ނާޡިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ހިމަންދޫ ކައުންސިލްގެ އިސްވެރިންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޡިމް ވިދާޅުވި ގޮތުގައި އެ ވުޒާރާއިން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް ހުރިހާ ރަށެއްގައި ވީހާވެސް އަވަހަށް އެ ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިގޮތުން ހިމަންދޫ އާއެކު މިހާތަނަށް 12 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކޮށްފައިވާކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.






