Wednesday, November 11
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މާލެ، ގަލޮޅު، ހުވަފެނީގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:45 އެހައިކަންހާއިރުއެވެ.

އަދި އަލިފާން ރޯވެފައިވަނީ ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށާއި، އަލިފާން ނިއްވުމަށް ކުރި މަސައްކަތުން، މިހާރު ވަނީ އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައި ކަމަށް ފުލުހުން ހާމަކުރެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގި ގެއަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދާ ގެއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު