Monday, November 2
‏ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން ނިޔާވުމައި ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

‏ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު އަބްދުލް މުޢިއްޒު ހަސަން ނިޔާވެއްޖެ އެވެ.

މުޢިއްޒު އަކީ ދިވެހި ތެލެސީމިއާ އާއިލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތެވެ. އޭނާ ވަނީ ތެލަސީމިއާ ސޮސައިޓީގެ  ޗެއާޕާސަން ވެސް ކުރައްވާފަ އެވެ. އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރުގެ ތެރޭގައިވެސް ހިމެނެ އެވެ.

ތެލެސީމިއާއަށް ދިވެހީން ހޭލުންތެރިކުރުވުމަށް މި ފަހުން ހިންގުނު ހުރިހާ ކެމްޕެއިނެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ މުއިއްޒު އެވެ. ‏ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު މުއިއްޒު ނިޔާވުމާއި ގުޅިގެން ރައީސް ވަނީތައުޒިޔާ ފޮނުއްވާފައެވެ.

''މިއީ، އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުންވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް. މަރްޙޫމްގެ ޢާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުލްމުޢިއްޒު ޙަސަން ލަހައްޓަވާށި'' ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

މުޢިއްޒު ވަޒީފާ އަދާކުރަމުން އައީ އެޗްޑީސީގަ އެވެ. އެޗްޑީސީ ކުލަބުގެ ރައީސަކީ ވެސް އޭނާ އެވެ. އެ ކުންފުނިން ހިންގާ މުހިންމު މަޝްރޫޢުތަކުގައި މުޢިއްޒުގެ ބައިވެރިވުން އޮތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު