Wednesday, November 11
ދިރާގު ގުޑި ފެސްޓް ބުރާސްފަތި ދުވަހު ދަނގެތީގައި
ގިނަ ބައެއްގެ ޝައުޤުވެރިކަން އަމާޒުވެފައިވާ ދިރާގުގެ ގުޑިފެސްޓް އަންނަ ބުރާސްފަތި ދުވަހު އދ. ދަނގެތީގައި ބޭއްވުމަށް ނިންމައިފިއެވެ. މިގޮތުން ދިރާގުން ހާމަކޮށްފައިވާ ގޮތުގައި ގުޑިފެސްޓް އޮންނާނީ މާރިޗު 19 ވަނަ ދުވަހުގެ 17:00 އިން 18:00 އަށް ދަނގެތީ ބަނދަރުގައެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ހިލޭ ގުޑިއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ގުޑިފެސްޓްގައި ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ. ދިރާގު ގުޑިފެސްޓަކީ ރަމަޟާން މަހުގެ ހަވީރު ގުޑި އުދުހުމުގެ ސަގާފަތުގައި ކުޑަކުދިން ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ. 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް ހަރަކާތް ބޭއްވީ މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު