Wednesday, November 11
ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ޚާއްޞަކޮށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މައްޗަންގޮޅި އުތުރު ދާއިރާގައި ޤާއިމްކުރާ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. ޕީއެންސީން ހާމަކުރި ގޮތުގައި މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ 16 މާރިޗު 2026 ގެ 21:30 ގައި، މއ. ކަޅުފެހިގެއާގެ ކުރިމަތީގައެވެ. އަދި މި ޖަގަހަ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. ޕީއެންސީން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ޕާޓީގެ މެންބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ ހުރިހާ ފަރާތްތަކަށްވެސް ދަޢުވަތު އަރުވައިފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ 4 އެޕްރީލް 2026 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު