Wednesday, November 11
ރޭ ކުޑަކުދިންތަކެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންދިޔައީ އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް: ފުލުހުން
ރޭ ކުޑަކުދިންތަކެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންދިޔައީ އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިހެން ބުނީ އާންމު ތަނެއްގައި ތިބި ކުޑަކުދިންތަކަކާމެދު ފުލުހުން އަމަލު ކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން ފުލުހުން ބުނީ އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭ ކަމުގެ މައުލޫމާތު ރޭ 21:15 ހާއިރު ފުލުހުން ލިބުމާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ގޮސް، އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް އެކުދިން ގެންދެވިފައިވާ ކަމަށާއި، މިއީ އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. ފުލުހުން ބުނީ އެ ކުދިން ވަނީ އެކުދިންގެ ބެލެނިވެރިންނާ ރޭ ހަވާލުކުރެވިފައި ކަމަށެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުށަހެޅޭ ކަންބޮޑުވުން ތަކުގައި، އެކަށީގެންވާ ހަރުދަނާ ފިޔަވަޅު އެޅުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމުގައި އެ ޚިދުމަތުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު