Saturday, October 31
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މާލެ ސަރަހައްދުގައި މިއަދުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ފަށައިފިއެވެ.

ޒަކާތު ހައުސް އިން ހާމަކުރި ގޮތުގައި މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އިންނެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނާނީ މާރިޗު 14 އިން 15 އަށް ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށެވެ. މީގެ އިތުރުން މާރިޗު 16 އިން 18 އާ ދެމެދު ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ހިމެނެއެވެ.

1447 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ރޭޓްތައް:

  • އާދައިގެ ހަނޑޫ: 12/- 
  • ތައިލެންޑް ހުދު ހަނޑޫ: 53/-
  • ރަތް ހަނޑޫ: 96/-
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77/-
  • ބާސްމަތީ ހަނޑޫ (މޮޅު): 109/-
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136/-
  • އާދައިގެ ފުށް: 10/-
  • އާޓާ ފުށް: 75/-

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު