Wednesday, November 11
އިންޑިއާއިން އައި އެމްއެސް ސައިރީނާގެ 608 ފަސިންޖަރުންނަށް ކްލިއަރެންސް ދީފި
600 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބޭރުގެ ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ. އިމިގްރޭޝަނުން ބުނީ "އެމްއެސް ސައިރީނާ" ނަމަކަށް ކިޔާ ކްރޫޒްލައިނާއިން ރާއްޖެ އައި 609 ފަސިންޖަރުންނަށާއި 389 ކްރޫންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ. އިންޑިއާގެ މުމްބާއީ އިން ރާއްޖެ އައި މި ކްރޫޒްލައިނާގެ ފަތުރުވެރިން މާލެ އައިސްފައިވަނީ މިއަދެވެ. ރާއްޖެއަކީ ކްރޫޒްލައިނާތަކުގެ މެދުގައި މަޤުބޫލު މަންޒިލެއް ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށްވެސް ކްރޫޒްލައިނާތަކުން ރާއްޖެއަށް 14،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު