Wednesday, November 11
ސްރީލަންކާގެ ކްރޫޒްލައިނާއަކުން އުލިގަމަށް އައި 859 ފަތުރުވެރިންނަށް ކްލިއަރެންސް ދީފި
800 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބޭރުގެ ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ. އިމިގްރޭޝަނުން ބުނީ "ވެސްކޯ ދަ ގާމާ" ނަމަކަށް ކިޔާ ކްރޫޒްލައިނާއިން ރާއްޖެ އައި 859 ފަސިންޖަރުންނަށާއި 489 ކްރޫންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ. ސްރީލަންކާގެ ކޮލޮމްބޯ އިން އައި މި ކްރޫޒްލައިނާ ހއ. އުލިގަމަށް ބަނދަރުކޮށްފައިވަނީ އިއްޔެ ހެނދުނުއެވެ. އިމިގްރޭޝަނުން ބުނީ މި ކްރޫޒްލައިނާއިން އައި 23 ފަޅުވެރިއަކަށާއި 12 ފަސިންޖަރުންނަށް އުޅަނދުން ފޭބުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު